ބިމުގެ ދަތިކަން ހައްލު ކުރަން ބިން ހިއްކުމަށް ވުރެ އެއް ރަށާއި އަނެއް ރަށް ގުޅުވާލުމުގެ ވިސްނުން ރަނގަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ އޮންލައިންކޮށް ބައްދަލު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއް ރަށާއި އަނެއް ރަށް ގުޅުވާލުމުގެ ވިސްނުމަކީ ބިމުގެ ދަތިކަމަށް އޮތް އެންމެ ރަނގަޅު ވިސްނުން ކަމަށެވެ.
”ގުޅާލައިގެން އެ ރަށްރަށުގައި އިގްތިސާދީ މަސައްކަތްތަކާއި ބޯހިޔާވަހިކަން ކުރިއަށް ގެންދެވިއްޖެއްޔާ ދުރު މުސްތަގްބަލްގައި ރާއްޖެ ތަރައްގީ ކުރުމުގައި ވަރަށް ބޮޑު ކާމިޔާބެއް އެއީ“ ރަަައީސްް ވިިިިިިިދާޅުވިއެެެވެެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގައި ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ، ކައިރި ކައިރި ރަށްރަށް ގުޅުވައިލުމަކީ އެމްޑީޕީއިން އަބަދުވެސް ގެންގުޅުނު ސިޔާސަތެއް ކަމަށެވެ.

