ސ. މީދޫން އިތުރު 6 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ފުރަތަމަ މީދޫން ކޮވިޑަށް ޕޮޒިޓިވްވީ އެރަށުން ނެގި ރެންޑަމް ސާމްޕަލްއަކުން ޕޮޒިޓިވްވީ މީހެކެވެ.
އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 19 މީހަކު ފާހަގަކުރެވިފައިވާކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ވަނީ ބުނެފައެެވެ.
މިއާއެކު،އައްޑޫގެ ކޮވިޑު އެކްޓިވް ކޭސް ވަނީ 49 އިތުރުވެފައެވެ.

