ދުނިޔޭގެ އެކިގައުމުތަކުގައި ޖުމްލަ 201 މިލިޔަނަށްވުރެ ގިނަމީހުންނަށް ކޮވިޑް ވެކްސިން ޖަހައިފިއެވެ
ދުނިޔޭގެ ބައެއް މީޑިއާތަކުން ބުނާގޮތުން ދުނިޔޭގެ 107 ގައުމަކުން ވަނީ ވެކްސިން ދިނުމުގެ ކަންތައް ފަށައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރައްޔިތުންގެ އެންމެ ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ދެމުން ގެންދާ ގައުމަކީ އިސްރާއީލެވެ.
އާބާދީގެ ގާތްގަނޑަކަށް ދިހަ ޕަސެންޓް އަށް ވުރެ މަތީ އަދަދަކަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ އެހެން ގައުމުތަކުގެ ތެރޭގައި ސީޝެލްސް އިނގިރޭސިވިލާތް ބަހްރައިން އެމެރިކާ ދިވެހިރާއްޖެ ރަޝިއާ، ޗައިނާ ، ޗިލީ އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސް ހިމެނެ އެވެ. .

