ލޮކްޑައުން ކުރިޔަސް އިދިކޮޅުގެ މުޒާހަރާ މާދަމާ އޮންނާނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް(ސެމްބެ) ވިދާޅުވެއްޖެއެވެ.
ހުސެއިން ވިދާޅުވީ މާލެ ލޮކްޑައުން ކުރިޔަސް މާދަމާ މަގުތަކަށް ނިކުންނާނެ ކަމަށާއި ޤައުމު ވިއްކާލާފައި ހެޔޮވަރު ވަރަކަށް ދިރުވާލުމަށްފަހު ބަހަނާ ނުދެއްކުމަށް އެދޭ ކަމަށެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޙާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ލޮކްޑައުނަކަށް މިހާރު ދެވެން ނެތްކަމަށާއި، ޤައުމުގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށެވެ.
ހުސެއިން މިހެން ވިދާޅުވެފައިވާއިރު, މާދަމާ އިދިކޮޅު މުޒާހަރާއާ ދިމާކޮށް މާލެ ލޮކްޑައުން ކުރަން އުޅޭކަމައް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

