ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ޕްރޮގްރާމަށް އެހީވާން ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ރާއްޖެ ގެންނަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު...
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފަށާފައިވާ ކޮވިޑް-19 ގެ ވެކްސިން ޕްރޮގްރާމަށް އެހީވާން ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް މިއަދު ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ބުނީ ބަންގްލަދޭޝްގެ އެއާ ފޯސްގައި އަންނަ މި ޓީމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށް ބަންގްލަދޭޝްގެ ސަރުކާރުން ފޮނުވާ ޓީމެއް ކަމަށެވެ. ރައީސްގެ ފަރާތްޕުޅުން ބަންގްލަދޭޝްގެ ސަރުކާރުގައި މިކަމަށް އެދިވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ މަހު އެގައުމަށް ކުރެއްވި ދަތުރުފުޅުގައެވެ.

އެގޮތުން މި ޓީމުގައި ހިމެނެނީ 11 ނަރުހުންނާއި، 10 މެޑިކަލް އެސިސްޓެންޓުންގެ އިތުރުން އެނެސްތެސިއޮލޮޖިސްޓެކެވެ. ދެ މަސް ދުވަހުގެ މުއްދަތަށް ރާއްޖެ އަންނަ މި ޓީމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ބަންގްލަދޭޝްގެ މީހުން އުޅޭއިރު އެ ފަރާތްތަކަށް ވެކްސިން ފޯރުކޮށްދިނުން މި ޓީމާއެކު އިތުރަށް ފަސޭހަވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: