ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު އަކީ ފްލެޓް ބައްޕަ: ރުކުމާ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ހައުސިން މިނިސްޓަރ އަދި އިދިކޮޅުގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒުއަކީ ފްލެޓް ބައްޕަކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ތައުރީފު ކުރައްވައިފިއެވެ.

ރުކުމާ މިހެން ވިދާޅުވީ، ގެދޮރުވެރިކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް އިންސާނީ ހައްގެއްކަމަށާއި، އެންމެ ފަހު މީހާއާ ހަމައަށް އެހައްގު ލިބެންދެން މަސައްކަތްކުރާނެކަމަށް މުޢިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމަށް އިޝާރާތްކުރައްވާ ރުކުމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ވަރަށް އުފާވެރި ވަޢުދެއްކަމަށާއި، ޑރ.މުޢިއްޒު ވިދާޅުވެއްޖެނަމަ އެއީ ވާނެކަމެއް ކަމަަށެވެ.

“މުއިއްޒު އަކީ ފްލެޓް ބައްޕަ. ޑރ. މުއިއްޒު ފްލެޓް އެޅި އަދަދާ ގާތްކުރާ އަދަދަކަށްވެސް އެހެން މީހަކަށް ފްލެޓް އެޅިފައެއް ނެތް.” ރުކުމާ ވިދާޅުވިއެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް އިސް ސަފުގައި ކުރިން އުޅުއްވި ރުކުމާ ވަނީ މާލޭގެ މޭޔަރު ކަމަށް މުއިއްޒު ގެންނަން ތާއިދުކުރާކަން ހާމަކޮށްފައެވެ. މި ގޮތުން މާލޭގެ ހުރިހާ މައްސަލައަކަށް ހައްލު ގެނެސްދެއްވުމަށް މުއިއްޒުގެ ބޮޑު ޕްލޭނެއް އެބަ އޮތް ކަމަށާއި އެ ތަންފީޒު ކުރެއްވުމަށް މުއިއްޒުއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ރުކުމާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: