ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާފަރުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގާފަރުގައި ހޯމް ކަރަންޓީންގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ގާފައު ހެލްތް ސެންޓަރުން ބުނީ ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހެކެވެ. އެމީހުންގެ ސާމްޕަލް ނަގާފައިވަނީ 3 މާޗް ގައެވެ.

މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތަކާއި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ހެލްތް ސެންޓަރުން ބުނެއެވެ. އަދި ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށެވެ.

އަދި މިކަމުގައި ގާފަރު ރައްޔިތުން އެއްބާރުލުން ދިނުމަށް ވެސް ސިއްހީ މަރުކަޒުން އެދިފައިވެއެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: