ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަަހައްދުގަައި 5 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފި

ކާފިއުވަގުތު ބޭރުގައި އުޅުނު 3249 މީހަކަށް ފިޔަވަޅު އަޅައިފި.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ފަސް މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަރުކު ސޮއިކުރައްވާ ނެރުއްވި އެންގެވުމެއްގައި ވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން އެކަމަނާ އަށް ލިބިދީފައިވާ ބާރުގެ ދަށުން މާލެ ސަރަހައްދު، މާލެ، ހުޅުމާޅެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭ ގައި އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ. މި ފިޔަަވަޅު އަޅާފައި ވަނީ އެއް ހަފްތާގެ މުއްދަތަށެވެ.

ކޮވިޑް-19 ކޭސްތައް މާލޭގައި އިތުރުވުމާއެކު، މީގެ ކުރިން އެޗްޕީއޭއިން އަންގާފައި އޮތީ 10 މީހުނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ ނޫޅެވޭ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: