ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހާޒިރު ކުރަން އެ ކޮމިޓީން ނިންމައިފިއެވެ.
މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވާން ހާޒިރުވެވަޑައިގެންނެވި ދުވަހު އޭނާ ވަނީ މަޖިލީހުގެ މެންބަރުންނަށް ތުހުމަތު ކުރައްވައި ވަރަށް ގިނަ ވާހަކަތަކެއް ދައްކަވައިފައެވެ.
އެހެންވެ، މަޖިލީހުގެ ސުލޫކު ކޮމިޓީއަށް މައްސަލަ ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މުހައްމަދު ނަޝީދު ނިންމެވިއެވެ.
އަދި ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާކަން ފެންނަ ނަމަ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

