އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އާޒިމް ވަނީ އެކަން މީޑިއާ ތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. ޕޮޒިޓިވްވިނަމަވެސް އާޒިމްގެ ހާލުކޮޅު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 20،919 އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައި ތިބި 2،595 މީހުން ތިބިއިރު އޭގެ ތެރެއިން 179 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުތަކުގަ އެވެ. އަދި ހޮސްޕިޓަލްތަކަށް ދާން ދެކޮޅު ހަދާ 100 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އެޗްއީއޯސީން ބުންޏެވެ.

