ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓް ކޮމިޓީއަކަށް ދާއިމީ ލިސްޓެއް ނުނެރެވޭނެ: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ފްލެޓް ކޮމެޓީއަށް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެއް ނުނެރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް މެމްބަރުން ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައެޅުމަކީ ހައުސިންގް މިނިސްޓަރ މުހައްމަދް އަސްލަމްގެ މަސްއޫލިއްޔަތެއް ކަމަށާއި ފްލެޓް ކޮމިޓީގެ މަސްއޫލިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ފްލެޓް ކޮމިޓީގެ މައްސޫލިޔަތަކީ، ގެދޮރުވެރި ކުރުމުގެ މަޝްރޫއުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވަނީ އުސޫލުން ބޭރުންކަމަށް ބުނެ ސަރުކާރަށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް އެކަންކަމާއި މެދު އަމަލުކުރާނޭ ގޮތެއްގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާއި، “ހިޔާ މަޝްރޫއު”ގެ ދަށުން ފްލެޓް ލިބުނު ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓުތައް އަލުން ރިވިއުކޮށް ޕޮއިންޓް ދޫކޮށްފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލާ ކަށަވަރުކުރުމާއި ފްލެޓްތައް ދިނުމަށް އުސޫލުން ބޭރުން ކަންކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތައް ހޯދާ އެފަރާތްތަކާއި މެދު އަމަލުކުރާނޭ ގޮތެއްގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުގެ އިތުރުން ހިޔާ މަޝްރޫއާއި ގެދޮރުވެރިކުރުވުން މަޝްރޫއާއި އަދި ގުޅީފަޅު ހައުސިން ޕްރޮޖެކްޓްގެ ދަށުން ކަންކަން ކުރިއަށް ގެންގޮސްފައިވާގޮތް ރިވިއުކޮށް ފްލެޓް ހައްޤުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ކަށަވަރުކޮށް ދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: