ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު ވަނީ އައްޑޫގައި އަޅަންއޮތް 750 ފްލެޓު ވަގަށް ނަގާފައި: ނިހާދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޑޫ ސިޓީގައި އަޅަން އޮތް 750 ފްލެޓް ވަގަށް ނަގާފައި ކަމަށް ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ވާތު ސަންގު” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތް ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ މުއިއްޒު މިނިސްޓަރު ކަމުގައި ހުންނެވިއިރު އައްޑޫގައި އަޅަން ހަމަޖެހިފައިއޮތް 750 ފްލެޓް ވަގަށް ނަގައި އެ ފްލެޓުތައް މާލެ ސަރަހައްދަށް ބަދަލުކޮށްފައިވާ ކަމަށެވެ.

“މުއިއްޒު އަކީ އަައްޑޫގައި އަޅަން އޮތް750 ފްލެޓް ވަގަށް ނެގި މީހެއް. ވަގަށް ނަގައިގެން ގޮސް ބަދަލުކުރީ މާލެ ސަރަހައްދަށް. މުޅި ސިޔާސަތު ބައްޓަން ކޮށްފައި އޮތީ މާލެއަށް ސިޔާސީ ބާރުވެރިކަން ޖަމާކުރަން.” ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ މާލޭ ދަފްތަރަކީ އޭނާ އެއްވެސް ވަރަކަށް ތާއީދުކުރާ އެއްޗެއް ނޫން ކަމަށާއި ދަފްތަރުގައި ޖައްސައިގެން ބޯހިޔާވަހިކަން ދޭން އުޅޭނެ ކަމެއް ނެތް ކަމަށެވެ.

“މާލޭގެ ރައްޔިތުންނަށް، މާލޭގައި ދިރިއުޅޭ އަޅުގަނޑުމެން ފަދަ މިތަނުގައި ދިރިއުޅޭތާ20-30 އަހަރުވެފައި ތިބި ނިކަމެތި ބޯހިވާވަހިކަމެއް ނެތް ރައްޔިތުންނަށް އިސްކަން ދީގެން މިއަދު މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރީމަ ހުންނާނީ ރަނގަޅަށް.” ނިހާދު ވިދާޅުވިއެވެ.

ނީހާދު އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރަށް ނުކުރެވޭނެ ކަމަަށް ބުނި އެތައް ކަމެއް ކޮށްފި ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ދަށުން މުޅި ރާއްޖެ ތަރައްގީ ކުރެވޭނީ މި ސަރުކާރަށް އެކަނި ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: