ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

12 ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތަކުގެ 12 ރަށެއްގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ 12 ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލްތަކަށް ބަދަލުކޮށް ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީއޯކިއު ނިންމާފައިވާ ކަމަށެވެ.

ހެލްތުން ބުނީ އަލަށް ހޮސްޕިޓަލްތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކަކީ ހއ.އިހަވަންދޫ، ހއ.ހޯރަފުށި، ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ.ވެލިދޫ، ނ.ކެނދިކުޅުދޫ، ބ.ތުޅާދޫ، ޅ.ހިންނަވަރު، ފ.ނިލަންދޫ، ތ.ވިލިފުށި، އދ.މާމިގިލީ، ގދ.ގައްދޫ ކަމަށެވެ.

މި ހޮސްޕިޓަލްތައް ފަރުމާކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާކަމަށާ، މިކަމަށް ހިންގާނެކަމަށް ލަފާކުރާ ޚަރަދުތަކާ ގުޅޭ ދިރާސާތައްވެސް ނިމިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. ހޮސްޕިޓަލްތަކުގެ ކުރެހުންތަކާ ބީއޯކިއު، ހިލޭސާބަހަށް ތައްޔާރުކޮށްދެއްވީ ށ.މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާގެ އެހީތެރިކަމުގައިކަން ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: