ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާފިއު ގަޑީގައި މަޖިލީހުގެ މެންބަރުންނަށް ބޭރުގައި އުޅެވޭނެގޮތް ހަދަން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކާފިއު ގަޑީގައި ބޭރުގައި އުޅެވޭނެގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުވުމަށް ނިންމައިފިއެވެ.

މިއަދު މަޖިލީހުގެ އާންމު ކޮމެޓީގައި ވަނީ މިހާރު ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަނަބުން މަޖިލިސް މެންބަރުންނަށް ވަމުން އަންނަ އުނދަގޫތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ވަނީ މެންބަރުންގެ ޝަކުވާތައް ހިއްސާކޮށްފައެވެ.

މިގޮތަށް ނިންމާފައި ވަނީ މަޖިލީހުގެ މެންބަރުންނަކީ މަޖިލީހުގެ މަސައްކަތުގެ ގޮތުންނާއި ދާއިރާގެ ކަންކަމުގައި ވެސް ކޮންމެ ވަގުތެއްގައިވެސް ބޭރުގައި އުޅެންޖެހޭ ބަޔަކަށް ވާތީ، އުޅަނދު ދުއްވުން މަނާގަޑީގައި، މަޖިލީހުގެ މެންބަރުން އިސްތިސްނާ ވާގޮތަށް ހެދުމަށެވެ.

މާލޭ ސަރަހައްދުގައި ފައްސިވާ މީހުން އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ ރޭގަނޑު 8:30 އިން ފަތިހު 4:30އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައެެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގަން ނިންމިއެވެ. ނަމަވެސް އޭގެ ފަހުން ފިޔަވަޅުތައް ހަރުކަށިކޮށް އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން ވަނީ މަނާ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: