ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދެން ޖޭއެސްސީގަ ބާރު އޮތީމަ މަ ހައްޔަރުކޮށްލަންވީ؟”

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ހައްޔަރުކުރުމަށް އަމުރު ނެރެފައިވަނީ ޖޭއެސްސީގައި ބާރުއޮތް ބައެއް ކަމަށް އޭނާ ތުހުމަތުކޮށްފިއެވެ.

މާލޭގެ މެންބަރުކަންވެސް ކުރައްވާފައިވާ އިބްރާ ހައްޔަރުކޮށްގެން ކޯޓަށް ހާޟިރުކުރުމަށް ނެރުނު އަމުރު ފޭސްބުކަށް ލުމަށްފަހު އިބްރާ ވިދާޅުވީ، އެއްޗެއް ބުނާ އިރަށް މިވަރު ތަންފުކެއް ބޮޑު ކަމަށެވެ. އަދި މިހާތަނަށް ކޯޓަށް އަންނަން ޗިޓެއް ލިބި ހަވާލުނުވެ ނޯންނާނެ ކަމަށާއި، މިދިޔަ މަސްދުވަހުވެސް ކޯޓަށް ދެވުނު އަދަދުވެސް ނޭނގޭ ކަމަށެވެ.

އަދި މިހާރު ކޮވިޑްގެ ހާލަތާއި ގުޅިގެން ޗިޓް ފޮނުވަނީ ވައިބަރ ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށާއި، “އިހަށް ރޭވެސް ޗިޓެއް ލިބުނު” ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

އަދި ޖޭއެސްސީގައި ބާރެއް އޮތުމުން އޭނާ ހައްޔަރުކޮށްލަންވީ ހޭ ވިދާޅުވެ ވަނީ ސުވާލު އުފައްދާފައެވެ.

“ކުރާނެ ކަމެއް ނެތް. ހަމަ ގާނޫނު އަސާސީ ވިއްކާލީ. ފިސާރި ތެދެއް މިބުނީ. އެކަން ހަމަ އެހެން ކުރީ. ހެޔޮ އުލު ބޭންދިޔަސް، އެކަން ކުރީ އެހެން” އިބްރާ

އިބްރާ ވިދާޅުވީ އޭނާ އުލު ބޭންދިޔަސް ގާނޫނު އަސާސީ ވިއްކާ ނުލާކަމަށް ނުވާނެކަމަށެވެ. މީގެ ކުރިން އިބްރާ ކުރެއްވި ޕޯސްޓެއްގައި ވަނީ ގާނޫނު އަސާސީ ވިއްކާލުމުގައި ބައިވެރިވި މީހުންކަމށް ބުނެ ބައެއް މީހުންގެ ވާހަކަ ދައްކަވާފައެވެ. އަދި އެކަން ކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވަނީ ޔާގޫތު ގޭގައިކަމަށްވެސް ވަނީ ލިޔުއްްވާފައެވެ. އެއީ ރައީސް ޔާމީން ވެރިކަމުގައި އޭރުގައި ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުތަކުގެ ވާހަކަކަމަށްވެސް އިބްރާގެ ކުރީ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: