ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެލިވަރުން ޕޮޒިޓިވްވި މީހުންގެ އަދަދު 347 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. ފެލިވަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 347 އަށް އަރައިފި އެވެ.

އެޗްއީއޯސީން ރޭ ބުނީ ފެލިވަރުން މިހާތަނަށް 347 ޕޮޒިޓިވް ކޭސް ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން 550 ކޮންޓެެކްޓުން އުޅޭ ކަމަށާއި އަދި 750 ސާމްޕަލް މިހާތަނަށް ފެލިވަރުން ނެގިފައިވާ ކަމަށް އެޗްއޯސީން ބުނެއެވެ.

އެ ސެންޓަރުން އިތުރަށް ބުނީ ޅ.ނައިފަރުގައި މިވަގުތު 179 އެކްޓިވް ކޭސް އުޅޭ ކަމަށާއި އެ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި 245 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށްވެސް އެޗްއީއޯސީން ހާމަކުރެއެވެ. އަދި 1260 ސާމްޕަލް ނައިފަރުން މިހާތަނަށް ވަނީ ނަގާފައެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ނައިފަރާއި ފެލިވަރު މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: