ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިފަރުން ޕޮޒިޓިވްވި މީހުންގެ އަދަދު 191 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. ނައިފަރުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 191 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނައިފަރުން އިއްޔެ އިތުރު 12 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަަށެވެ. މިއާއެކު ނައިފަރުން މިހާތަނަށް 191 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ނައިފަރުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 173 ދިވެހިންނާއި 18 ބިދޭސީން ހިމެނެއެވެ. އޭގެ ތެރޭގައި ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ސާމްޕަލް ނެގި ތިން މީހުންވެސް ހިމެނެއެވެ.

ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: