ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެ ހަދާފައި ވަނީ ބޭންކުން ނެގި ލޯނަކާއި ސޭވް ކޮށްފައި ހުރި ބައެއް ފައިސާއިން: މުއިއްޒު

މުހައްމަދު މުއިއްޒު: ފޮޓޯ ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު ހެއްދެވި ގޮތުގެ ތަފްސީލް އެމަނިކުފާނު ހާމަކުރައްވައިިފި އެވެ.

ސަންގު ޓީވީން ރޭ ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައި ބެލުންތެރިއަކު ވަނީ މުއިއްޒުގެ ގެ ހެއްދެވީ ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫއުގެ ފައިސާ އިން ވައްކަންކޮށްގެން ކަމަށް ތުހުމަތު ކުރެވޭތީ އެކަން ހިނގައި ދިޔަގޮތް ސުވާލު ކުރައްވާފައެވެ. މުއިއްޒު ވަނީ އެ ސުވާލުގެ ޖަވާބު ވަރަށް ތަފްސީލު ކޮށް ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ ދިމްޔާތަކީ ބައްޕަގެ ގޯއްޗެއް ކަމަށާ ބައްޕަ އަވަހާރަވުމުން އެ ގެ ލިބި ވަޑައިގަތީ ކަމަށެވެ. އަދި 1990 ވަނަ އަހަރުން ފެށިގެން ދިމްޔާތަކީ ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަމުން އައި ގެއެއް ކަމަށާ އެ މަަސައްކަތުން ވަރަށް ރަނގަޅު އާމްދަނީއެއް ބައްޕަ ހޯއްދަވަމުން ވެސް ގެންދެވި ކަމަށެވެ.

އަދި މިހާރު އެތަނުގައި ހަދާފައި ހުރި “ދިމްޔާތު ސްޓޭ” ހޮޓަލަކީ، އޭރު ލިބިފައި ހުރި ފައިސާ އާއި، ޑރ.މުއިއްޒު ސިވިލް އިންޖިނިއަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައިގެން ލިބުނު ފައިސާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި ލޯނެއް މެދުވެރިކޮށް އެޅި އިމާރާތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“އަޅުގަނޑު އަމިއްލަ މަސައްކަތުން ހޯދާފައިވާ ފައިސާއާ ހުރިހާ އެއްޗަކާއެކު ބެންކަަށް ގޮސް ލޯނެއް ނަގައިގެން، އިސްލާމިކް ބެންކުން ލޯނެއް ނަގައިން ކޮށްފައި ހުރި އިމާރާތެއް. އެެހެންވީމަ އެތަނުގައި ކުރިން ހިނގަމުންދިޔަ ބިޒުނަސް އިތުރަށް ފުޅާ ކޮށްގެން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ހަދާފައި ވަނީ.” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި މައުލޫމާތު ތަކަކީ ވަރަށް ފަސޭހައިން ހޯދާލެވޭނެ މައުލޫމާތު ކަމަށާއި އިސްލާމިކް ބޭންކު މެދުވެރިކޮށްވެސް ބަލާލެވޭނެ ކަމަށެވެ. އަދި އޭނާ  އަކީ އެއްވެސް މަޝްރޫއުއަކުން ނާޖާއިޒު މަންފާއެއް ދުވަހަކުވެސް ހޯއްދެވި ބޭފުޅެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 71%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިވެރިކަމުގައި އެމްޕީ ބޯދިގުގެ ގެ ނަގާ ކޮޅަށް އެނަގަނީ. މަސައްކަތް ކުރާ ގަޑީގައި ފުލުހުން ތިބެނީ މަގު ބަންދުކޮށްގެން. މުޢީޒުގެ ބައްޕައިގެ ތަރިކައިން އެކަނިވެސް މުއިއްޒު އަށް ގެއެއް އެޅިދާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: