ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކުގެ އަގުބޮޑު ކުރުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް: މުއިއްޒު

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ”ހިޔާ“ ފްލެޓްތަކުގެ ކުލީގެ އަގު ކުރިން ކަނޑައަޅަފައިވާ ވަރަށްވުރެ ބޮޑު ކުރުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތި ކަމެއްކަމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ މަހު ކުއްޔަކީ 7،500 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫޢުގެ ފްލެޓް ތަކަށް މަހަކު ދައްކަންޖެހޭ ވަރަކީ 5،600 އަށްވުރެ ބޮޑު އަދަދެއް ކަމަށް ކަނޑައެޅުމަކީ ރައްޔިތުންނަށް ދެވުނު އިތުރު ހިތްދަތިކަމެއް ކަމަށެވެ.

”ދޮރާ، ޓައިލްސް އާއިއެއްކޮށް، 5،600 އަށް ދެވޭނެ. އަދި 25 އަރަށް ބަހަލާނަމަ، 3،800 އަށް ދެވޭނެ.“ މުއިއްޒު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޑައުންޕޭމެންޓެއް ދައްކައިފި ނަމަ ކުލި 7،500 އަށް ވުރެ ކުޑަވާނެކަމަށެވެ. އަދި އެންމެ ބޮޑުކޮށްވެސް ފްލެޓަށް ދައްކަން ޖެހޭނީ 7،500 ރުފިޔާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: