ސަރުކާރުން އެއްބާރުލުން ދީފިނަމަ ނަތީޖާ ނެރެދޭނަންކަމަށް މާލޭސިޓީގެ އިންތިހާބީ މޭޔަރު މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕޮރޮގުރާމްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތައް ސަރުކާރުން އެއްބާރުލުން ނުދީފާނެކަމަށް ގަބޫލުފުޅުނުކުރައްވާކަމަށެވެ.
“ ސަރުކާރުން އަޅުގަނޑަށް އެއްބާރުލުން ދީފިނަމަ އަޅުގަނޑު ނަތީޖާ ނެރެދޭނަން“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަަށް ވިދާޅުވީ ވާހަކަތަކެއް އުފައްދައިގެން އެންޓިކެމްޕޭން ކުރިޔަސް އެވާހަކައަށް ދީލާލައިގެން ދާވަރައްވުރެ މާލޭގެ ރައްޔިތުން މާހޭލުންތެރިކަމަށެވެ.
މީގެ އިތުރުން މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީީ ރޯދަމަސް ފެށެން ކައިރިވިއިރުވެސް ސަލްމާން މިސްކިތް ނުހުޅުވޭތީ އެކަމާ ހިތާމަކުރައްވާކަަމަށެވެ.
އަދި މާލެއަށް ޒިޔާރަތް ކުރާ ރައްޔިތުންނާއި މާލޭގެ ރައްޔިތުންނަށް އެ މިސްކިތް ބޭނުން ކުރެވޭނެ ގޮތްވީ އެންމެ އަވަހަކަށް ހަދައިދިނުމައް މުއިއްޒުވަނީ އިލްތިމާސް ކުރައްވާފައެވެ.
މިއީ ދެހާސްއެގާރަވަނަ އަހަރު ތައާރަފު ކުރެވުނު ލާމަރުކަޒީ ނިޒާމުގެ ދަށުން ބޭއްވި ކައުންސިލް އިންތިޚާބެއްގައި މާލެ ސިޓީ ކައުންސިލްގެ ނަތީޖާގައި އެމްޑީޕީ ބަލިވެ ޕީޕީއެމްއަށް މި ވަރުގެ ކާމިޔާބީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

