ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔާތޮށި ކުލަލާފައިހުރި ރުކެއް ކަނޑާލި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ސަޕޯޓަރުންތަކެއް ފިޔާތޮށި ކުލަ ލާފައި ހުރި ރުކެއް ކަނޑާލި ހާދިސާ އެ ޕާޓީން ކުށްވެރިކޮށްފި އެވެ.

އަތޮޅުތެރޭގެ ރަށެއްގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ރުކެއް ކަނޑާލާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ސޯސަލް މީޑިއަގައި ވަނީ އާންމުވެފައެވެ.

އެމްޑީޕީން ބުނީ އެފަދަ އަމަލުތައް ހިންގުމަކީ އެ ޕާޓީއިން އެއްގޮތަކަށް ވެސް ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީގެ އެއްވެސް މެމްބަރަކު އަދި އެ ޕާޓީއަށް ތާއީދުކުރާ އެއްވެސް ފަރާތަކުން ވެސް މިފަދަ އަމަލުތައް ނުހިންގުމަށް އެމްޑީޕީ އިން ވަނީ އެދިފަ އެވެ.

ރުށް ކަނޑާލި މަންޒަރު ދައްކުވައިދޭ ވީޑިއޯގައި ފެންނަނީ ރީނދޫ ކުލައިގެ ޓީޝާޓާއި ރީނދޫ ފޮތި ގައިގައި އަޅައިގެން ތިބި ބަޔަކު، ކަރަންޓު ކީހަކުން ފިޔާތޮށި ކުލަ ލާފައިހުރި ރުކެއް ކަނޑާލާ ތަނެވެ.

ރީދޫ ޓީސާޓާއި ރީދޫ ފޮތިތަކެއް ގައިގައި އޮޅައިގެން ތިބި ބަޔަކު ރުއް ކަނޑާލަން ނިކުތުމުން ފިޔާތޮށި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ވަނީ ރުކުގައި ބައްދައިގަނެ ރުއް ކެނޑުމަށް ހުރަސް އަޅާފައެވެ. ނަމަވެސް އެމީހާ އެ ތަނުން ދުރުކޮށް ހިނދުކޮޅެއްގެ ތެރޭގައި ކަރަންޓް ކީހުން ވަނީ ރުއް ބިމާ ހަމަކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: