ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް އަރައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 53 މީހުންނަކީ ޖަލު އޮފިސަރުންނާއި މުވައްޒަފުންނެވެ. އަނެއް 25 މީހުންނަކީ ގައިދީންނާއި ބަންދު މީހުންނެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން 97 ޖަލު އޮފިސަރުންނާއި މުވައްޒަފުން ކަރަންޓީނުކޮށްފައިވާއިރު، 17 ގައިދީއަކާއި ބަންދު މީހުން ވެސް ތިބީ ކަރަންޓީނުގައެވެ.

މިހާތަނަށް އެންމެ ގިނަ އަދަދަކަށް ގައިދީން ޕޮޒިޓިވް ވެފައިވަނީ މާލެ ޖަލުންނެވެ. އެގޮތުން އެ ޖަލުން 25 ގައިދީއަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި އެންމެ ގިނަ އަދަދަކަށް އޮފިސަރުން ޕޮޒިޓިވް ވެފައިވަނީ މާފުށި ޖަލުންނެވެ. އެއީ 31 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: