ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އޭއެފްސީ މެޗުތައް ކުޅެން ހާއްސަ ހުއްދައެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޚާއްސަ ހުއްދައެއްގެ ދަށުން އޭއެފްސީ ކަޕްގެ މެޗްތަށް ކުޅެން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް ވިދާޅުވެފައިވަނީ މިއީ ބައިނަލަގްވާމީ މުބާރާތެއްކަމަށް ވާތީ ޔޫތް މިނިސްޓްރީއާއިއެކު ކުރެވުނު މަޝްވަރާ ތަކުގައި ހާއްސަ ހުއްދައިގެ ދަށުން މި މުބާރާތް ބާއްވަން ހަމަޖެހިފައިވާކަމަށެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މަބްރޫކް ވިދާޅުވީ އޭއެފްސީ ކަޕްގެ ޕްލޭއޯފް އަދި މުބާރާތުގެ މެޗްތައް ކުޅުމަށް ޚާއްސަ ގައިޑްލައިނެއްގެ ދަށުން މެޗްތަށް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތަށް މިހާރު ހެލްތް މިނިސްޓްރީއާ ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް) ގުޅިގެން ކުރިއަށް ގެންދާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ސްޕޯޓްސް މިނިސްޓްރީއާއި އެޗްޕީއޭއާއެކު މިހާތަނަށް ކުރެވުނު މަޝްވަރާތަކަށް ބަލާލާއިރު މި މެޗްތަށް ކުޅެނީ އެޗްޕީއޭއިން ނިންމާ ޚާއްސަ ގައިޑްލައިންއަކާއި ކޮވިޑާ ގުޅިގެން އޭއެފްސީން ވެސް އަމަލު ކުރަމުންދާ ގައިޑްލައިނާއި އެއްގޮތަށްކަމަށް މަބްރޫކް ފާހަގަކޮށްފައި ވެއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ މިއީ ބައިނަލްއަޤުވާމީ މުބާރާތަކަށް ވެފައި މިކަން ނުކޮށްފިނަމަ ރާއްޖޭގެ ފުޓްބޯޅައަށް އަދި ރާއްޖޭގެ ސްޓޭންޑިންއަށް ބުރުއަރާނެ ތީވެ މިކަން ވީހާވެސް ރައްކާތެރިކޮށް ގެންދެވޭނެ ގޮތަކާމެދު މަޝްވަރާ ކުރެވުނު ކަމަވެ. އެގޮތުން އޭއެފްސީން ވެސް ވަކި ފިޔަވަވަޅުތަކެއް ރައްކާތެރި ވުމުގެ ގޮތުން އަޅަން ނިންމާފައިވާ ކަމަށާއި މި ސަރަހައްދުގެ އެހެން ގައުމުތަކުގައިވެސް މިހާލަތުގައި މެޗުތައް ބާއްވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކުޅިވަރު ކުޅުން މުޅިންހެން ހުއްޓާލާފައިވާާ ދަނޑިވަޅުގައި ޔޫތް މިނިސްޓްރީގެ އިތުރުން ގިނަ ޓީމްތަކުން މުބާރާތް ބޭއްވުމަށް ވަރަށް ބޮޑަށް އެދެމުންދާއިރު ބައިނަލަޤްވާމީ މުބާރާތެއް ރައްކާތެރި ކަމުގެ ފިޔަވަޅާއެކު ބޭއްވޭނަމަ ބޭއްވުމުގެ ހުއްދަ ދިނުމަކީ ގޯސްކަމެއް ކަމުގައި ނުދެކޭކަމަށް މަބްރޫކް ވިދާޅުވެފައި ވެއެވެ.

މި އަހަރުގެ އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށްގެން ރާއްޖޭގައި ބާއްވާއިރު، ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ރާއްޖޭގައި ބާއްވަން ނިންމިއެވެ. އެކަމަކު ފަހުން އެ މުބާރާތް ވަނީ ކެންސަލް ކުރީ އެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޯފް މެޗުގައި ރާއްޖޭގެ ކުލަބް އީގަލްސްއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅުމަށް ހަމަޖެހިފައިވާ މެޗް އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. މި މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް ސެޓޭޖުން ޖާގައެއް ލިބިގެންދާނެ އެވެ. ބެންގަލޫރު މެޗުގެ ކުރިން ކޮލިފައިންގައި ކުލަބް އީގަލްސް ކުޅުމަށް ހަމަޖެހިފައިވާ އެންމެ ފުރަތަމަ އޮތީ ބަންގްލަދޭޝްގެ ބާކާ އަބަހާނީއާ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ބަންގްލަދޭޝް ލޮކްޑައުންއެއްގައި އޮތުމުގެ ސަބަބުން އެ ގައުމުގައި މެޗްތައް ނުކުޅެވޭތީ އޭއެފްސީވަނީ އަބަހާނީއަށް އެހެން ދަނޑެއްގައި މެޗް ކުޅެން ހަމަޖެއްސުމުގެ ފުރުސަތު ދީފަ އެވެ. ނަމަވެސް އަބަހާނީއަށް ދިން 3 ފުރުސަތުގައި އެކަން އެ ޓީމަށް ނުކުރެވުމުގެ ސަބަބުން އެންމެ ފަހުން އޭއެފްސީންވަނީ އަބަހާނީ މުބާރާތުން ވަކިކޮށްފަ އެވެ.

މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ވަނީ މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން އެޗްޕީއޭއިންވަނީ މާލެ ސަރަހަދުގައި ހުރި ދަނޑުތަކާއި ޕާކްތަކާއި މައިޒާންތައްވެސް ބަންދު ކުރުމަށް އަންގާފައެވެ. އަދި ކުޅިވަރު މުބާރާތްތައްވެސް ކުރިއަށް މިއޮތް 10 ދުވަހަށް ހުއްޓާލަން ވަނީ އަންގާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: