ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

24 ގަޑިއިރުތެރޭ ކޮވިޑްގައި 7 މަރު!

ކޮވިޑް ޖެހިގެން މަރުވި މީހަކު ވަޅުލަނީ—
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑު-19 ޖެހިފައިވާ ހަތް މީހުން މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ އެންމެ ފަހުން ކޮވިޑު ޖެހިގެން މަރުވެފައިވަނީ ބިދޭސީއެކެވެ. ނަމަވެސް އަދި އެޗްޕީއޭއިން އެކަން ކަށަވަރުކޮށްދީފައި ނުވެއެވެ.

މިއަދަކީ ކޮވިޑުގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. ކޮވިޑް ޖެހިގެން މިއަދު ނައިފަރުން ދެ މީހަކާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެމީހެއްގެ އިތުރުން އއ ރަސްދޫގައި ކަރަންޓީނުގައި ހުރި އިންޑިއާ މީހަކު މިއަދު ވަނީ މަރުވެފަ އެވެ. މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 81 އަށް އަރާފަ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު އިއްޔެ އެކަނި 703 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 526 މީހުންނާއި އަތޮޅުތަކުން 167 މީހުންނާއި ރިސޯޓުތަކުން ހަތް މީހެއްގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ތަންތަނުން ތިން މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: