ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނަން: ހޯމް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކާރުކޮޅު ކައިރީގައި ރޭ ބާރުގަދަ އެއްޗެއް ގޮއްވާލައި އެމަނިކުފާނަށް އަމާޒުކޮށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަ ވަނިކޮށް މިރޭ ވަނީ އެއްޗެށް ގޮއްވާލާފަ އެވެ. އެ ގޮވުމުގައި އެމަނިކުފާނަށް އަނިޔާވެ އޭޑިކޭގައި އަންނަނީ ފަރުވާދެމުންނެވެ.

ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިހަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި މިހަމަލާ ދިން ފަރާތްތަކާއި، މިކަމުގައި ޝާމިލްވާ ފަރާތްތައް ހޯދާ އިންސާފްގެ ކުރިމައްޗަށް ގެންނަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

”ރާއްޖޭގެ ސުލުހައާއި، އަމާންކަން ނަގާލުމަށް އެއްވެސް ޖާގައެއް ނޯންނާނެ“ ހޯމް މިނިސްޓްރީން ބުނެއެވެ.

އެ ހާދިސާ ހިނގާފައިވަނީ މަޖީދީ މަގު އަތަމާ ޕެލެސް ސަރަހައްދުގައި އިން ސައިކަލެއް ގޮއްވާލައިގެން ނެެވެ.

އެ ހަމަލާއާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި ހަމަލާ ސިފައިންނާއި ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި އެގޮތުން މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކާ ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަމުންދާ ކަމަށެވެ. މިގޮތުން އޮސްޓްރޭލިއާގެ ފުލުހުންގެ ޓީމެއް ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: