ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ އޮޕަރޭޝަންތައް ކާމިޔާބު، އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭ: އޭޑީކޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ކުރި އޮޕަރޭޝަންތައް ކާމިޔާބު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ނަޝީދަށް އަމާޒުކޮށް ރޭ މާލޭގައި ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި ހަމަލާގައި ސިފައިންގެ ދެ އޮފިސަރަކާއި، ބިދޭސީއެއްގެ އިތުރުން ދިވެއްސަކަށް ވެސް އަނިޔާވެފައިވެއެވެ. މީގެތެރެއިން އަނިޔާވި ސިފައިންނަށް ވަނީ ފަރުވާ ދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މި ހަމަލާ ސަލާމަތީ ބާރުތަކުން ތަހުގީގު ކުރަމުން އަންނައިރު މާދަމާ އޮސްޓްރޭލިއާގެ ފުލުހުންގެ ޓީމެއް މި ތަހުގީގުގައި ބައިވެރިވުމަށް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ނަޝީދު ހޮސްޕިޓަލަށް ގެނެވުނު ފަހުން މިހާތަނަށް ކާމިޔާބު ކަމާއެކު ގިނަ ސާޖަރީތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މުހިންމު އެއް އޮޕަރޭޝަން ކުރަން ޖެހިފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.

އެމަނިކުފާނަށް އައިސީޔޫގައި ފަރުވާދެމުން އަންނަ އިރު، ލިބިފައި ހުރި ގެއްލުންތަކުގެ ތަފްސީލެއް އޭޑީކޭ އިން އަދި ހާމައެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: