ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާ ރޭވުމުގައި އެމްއެންޑީއެފްގެ އަތެއްވާނެކަމަށް ގަބޫލެއް ނުކުރަން: ޝަމާލް

އައިޑީ ގޮއްވާލުމަށް ބޭނުންކުރި ކަމަސް ބެލެވޭ ސައިކަލު - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން، ޓެރަރިޒަމް ހަމަލާފައި ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްގެ އެއްވެސް އަތެއްވާނެކަމަށް ގަބޫލެއް ނުކުރާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމު ޝަމާލް ވިދާޅުވީ، އެމްއެންޑީއެފްގެ ތެރެއިން އެފަދަ އެއްވެސް އަމަލެއް ނުހިންގާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ. އަދި އޮފިސަރެއްގެ މައްޗަށް ކުރެވޭ އެފަދަ ތުހުމަތެއް ވެސް ނެތްކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، ގައުމީ ދިފާއީ ބާރުގެ ސްޓޭޓަސް ޓެރަރިޒަމްގެ ހަމަލާތައް އައުމުން އަމަލު ކުރާ ހާލަތުގައި ކަމަށެވެ. އަދި މިކަމުން އަރައިގަތުމަށްޓަކާ ކުރެވެމުންދާ މަސައްކަތްތަކާއި އެކު އެމްއެންޑީއެފްއިން އެ ހާދިސާއަށް އެޓެންޑުވުމުގައި އަމަލު ކުރި ގޮތާއި މެދު ހިތްހަމަޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ، ރައީސް ނަޝީދަކީ މީގެ ކުރިން ވެސް އިންޒާރުތަކެއް ލިބިފައިވާ ބޭފުޅެއްކަމަށާއި، އެމަނިކުފާނަށް ފޯރުކޮށްދީފައިވާނީ އެންމެ ހައި ސެކިއުރިޓީ ކަމަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: