ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލްޓަން ޕާކުގައި ގޮއްވާލި ބޮމަށްވުރެ ރޭގައި ގޮއްވާލި ބޮން އެތައް ގުނައެއް ބާރުގަދަ: ޝަމާލް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަލްޓަން ޕާކުގައި ގޮއްވާލި ބޮމަށްވުރެ ރޭގައި ގޮއްވާލި ބޮން އެތައް ގުނައެއް ބާރުގަދަ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ މިހާތަނަށް އެނގިފައިވާ ގޮތުން އެ ޑިވައިސް ގޮއްވާލާފައިވަނީ ރިމޯޓަކުން ކޮންޓްރޯލްކޮށްގެން ކަމަށާއި އެގޮތުން 2006 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި ޑިވައިސް އާއި ރޭ ގޮއްވާލި ޑިވައިސް އާއި އަޅާކިޔާއިރު ރޭގެ ހަމަލާގައި ބޭނުންކުރި ޑިވައިސް އަކީ އެތައް ދަރަޖައެއް ބާރުގަދަ ނުރައްކާތެރި ޑިވައިސްއެއް ކަމަށެވެ.

އަދި ރޭ ގޮއްވާލި ޑިވައިސްގެ ތެރެއަށް ގިނަ އަދަދަކަށް ރޭޒާ ފުށް ވެސް ލާފައި ހުރި ކަމަށާއި އެއީ އެ ހަމަލާ ވަރުގަދަ ކުރުމަށްޓަކާ ކޮށްފައިވާ ކަމެއް ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.

”އެއީ އާންމުކޮށް ހޯމްމޭޑް މި ވައްތަރު ޑިވައިސްތައް ތައްޔާރު ކުރާއިރު ބޭނުންކުރާ އުކުޅެއް“ ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާލުވީ ސެކިއުރިޓީ އޮފިޝަލުން މަސައްކަތްކުރެއްވީ ވަރަށް ޕްރޮފެޝަނަލްކޮށްކަމަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސިއްޙީ ފަރުވާއާއި ހަމައަށް ރައީސް ނަޝީދު ގެންދެވުނުކަމަށެވެ. ޝަމާލް ވިދާޅުވީ ސެކިއުރިޓީ ޓީމުން ހަރަކާތްތެރިވި ގޮތާމެދު ހިތްހަމަޖެހޭކަމަށެވެ.

ރައީސް ނަޝީދަކީ ހައިރިސްކު މީހެއްކަމަށާއި، އެއީ ސިފައިން އަބަދުވެސް އެންމެ ނުރައްކާ އޮތްކަމަށް ބައްލަވާ ބޭފުޅާކަމަށާއި އެމަނިކުފާނަކީ އެންމެ ބޮޑު ސެކިއުރިޓީއެއް އަރުވާ ބޭފުޅާކަމަަަަށް ޝަމާލް ވިދާޅުވިއެވެ.

ނަޝީދުގެ ކާރުކޮޅު ކައިރީގައި ރޭ ބާރުގަދަ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ރެއިން ފެށިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެގޮތުން އެ ހަމަލާއާ ގުޅިގެން ގިނަ ސާޖަރީތަކެއް ހަދާފައިވާއިރު ނަޝީދުގެ ހާލުކޮޅު ކްރިޓިކަލް ކަމަށް އެމަނިކުފާނަށް ފަރުވާ ދެމުން ގެންދަވާ އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.

ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: