ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޔަކު އައިއީޑީއެއް ހަދަމުންދާކަން ރައްޔިތުންނަށް ހިލަން ނުވީބާއޭ ހިތަށް އަރާ: ޒަކަރިއްޔާ

ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ފައިވާނާއި، ފޯނު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބަޔަކު ޓެރަރިސްޓު ހަމަލާއެއް މުޖުތްމައުގެ ތެރޭގައި ދިނުމަށް ރާވަމުންދިޔައިރު އާއްމުންގެ ބަޔަކަށް ހިލަމެއް ނުވީތޯ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސުވާލު ކުރައްވައިފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް، އައިއީޑީއެއް ގޮއްވާލި ހާދިސާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބި އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އަދި މިހާތަނަށް ރައީސް ނަޝީދުގެ ތިން އޮޕަރޭޝަނެއްކޮށް، ފަރުވާދެމުން ދަނީ އައިސީޔޫގަ އެވެ. އޭޑީކޭއިން ބުނީ އެމަނިކުފާނުގެ ހާލު ކްރިޓިކަލް ކަމަށެވެ.

މި ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފްއިން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކަރިއްޔާ ވިދާޅުވީ މިއީ އެކަކު އަނެކަކަށް ބަސް ބުނެ، ބްލޭމް ގޭމް ކުޅެންވީ ވަގުތެއް ނޫން ކަމަށެވެ. އަދި އޭގެއިން ވާނެ ފައިދާއެއް ވެސް ނޯންނާނެކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް، ބަޔަކު މިފަދަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަން ކިރިޔާވެސް ފާހަގަ ކުރެވުނު ނަމަ އެކަން ހުއްޓުވީސްކަމަށް ޒަކަރިއްޔާ ވިދާޅިވުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ، މިފަދަ ކަމެއް ރާވައި، އައިއީޑީއެއް ހަދައި، އެ ތަނެއްގައި ބައިންދާ ގޮއްވާލިއިރު ވެސް އާއްމުންގެ މީހަކަށް ހިލަމެއް ވެސް ނުވީތޯ ހިތަަށް އަރާ ކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ، ދިފާއީ ބާރުން އެކަން ހުއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އާއްމުންގެ މީހަކު ނުރައްކަލެއްގެ ތެރެއަށް ވައްޓާ ނުލާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކަރިއްޔާގެ މި ވާހަކަތަކާއި ގުޅިގެން، އާއްމުންގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

ރައީސް ނަޝީދަށް ދިން ޓަރަރިޒަމްގެ ހަމަލާގެ މައްސަލަައިގައި ފުލުހުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި ހަމަލާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓަލިޖެންސްއަށް ލިބިފައިނުވާ ކަމަށެވެ. އަދި އެކަން އިންޓަލިޖެންސްއަށް ނޭނގުނީ ކީއްވެގެންތޯ ބެލުމުގެ މަސައްކަތް ކުރާނެކަމަށް ހަމީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 77%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިވަރުގެ ކަމެއްހިންގާ އިރު ގިނަބަޔަކު ބައިވެރިވެގެންނޫނީ ނުކުރެވޭނެ ކަމަށް ޤަބޫލުކުރަން މިފަދަ ނުރައްކާތެރި ކަމެއް ކުރާކަން ޝައްކު ހަމަ އެއްވެސް މީހަކަށް ނުވުން ވެސް އެއީ ހަމަ އަޖައިބެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: