ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެނބުރި އަންނާނީ މާގަދަކޮށް: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބްރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ އަށް ފަހު އެނބުރި އަންނާނީ މާ ވަރުގަދަކޮށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ބޭބެ އިބްރާހިމް ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ރިކަވަރީ ޕްރޮސެސްއާ މެދު ޑޮކްޓަރުން ހިތްހަމަޖެހޭ ކަމަށާއި މިހާރު ލައިފް ސަޕޯޓުން ނަގައި އަމިއްލައަށް ނޭވާލާން ފަށާފައިވާ ކަމަށެވެ.

“ވަރަށް ކުޑަކޮށް ވާހަކަ ދެއްކެވި، އެނބުރި އަންނާނީ މާ ވަރުގަދަކޮށް ކަމަށް ވިދާޅުވި. އަހަރެން އެމަކާމެދު ޝައްކެއް ނުކުރަން.” ނާޝިދު ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް ބްރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނު ވަނީ 16 ގަޑިއިރުގެ ސާޖަރީތަކެއް ހައްދަވާފައެވެ.

ރައިސް ނަޝީދަަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިން މައްސަލައިގައި ދެ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ފުލުހުން ދަނީ ހިންގަމުންނެވެ. ފުލުހުން އިއްޔެ ބުނެފައި ވަނީ މި ހަމަލާގައި ޝައްކުކުރެވޭ ހަތަރު މީހެއް ފާހަގަ ކުރެވިފައި ވާ ކަމަށާއި އެމީހުންނަށް ފާރަލަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އެނބުރި އައިސް ބޮޑުވަޒީރު ކަމާތަ ޙަވާލުވަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: