ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ހާލު އަންނަނީ ރަނގަޅުވަމުން، އުޅުއްވަނީ މަސައްކަތްތައް ޕްލޭން ކުރަން: އާއިލާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން ކަމަށައި ބޭނުންވަނީ އަވަހަށް މަސައްކަތަށް އެނބުރި ވަޑައިގަންނަވަން ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

ނަޝީދުގެ ބޭބޭފުޅު ޑރ.އަހުމަދު ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދާ ވާހަކަ ދެއްކެވި ކަމަށާއި، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އަދި ރައީސް ނަޝީދު މިހާރުވެސް އުޅުއްވަނީ މަސައްކަތްތައް ޕްލޭން ކުރެއްވުމުގައި ކަމަަށް ނާޝިދު ވިދާޅުވިއެވެ.

މިދިޔަ ބްރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭގައި ފަރުވާ ދެއްވަމުންނެވެ. ރައިސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ގ.ކެނެރީގެ ހުންނަ ގޯޅިއާ މަޖީދީމަގު ގުޅޭ ކަންމަތީގައި ހުރި ސައިކަލެއްގައި ބޮމެއް ހަރުކޮށްގެންނެވެ. މިހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ހަށިކޮޅަށް ބޮޑެތި ޒަޚަމްތަކެއް ލިބި، 16 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވި ގިނަ ސާޖަރީތަކެއް ވަނީ ހަދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 60%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: