މަތިމައްޗަށް ލިސްޓުތަކުގައި ނަން ޖެހިޔަސް ފަހަތަށް ޖެހުމެއް ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލައި، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ މަޖިލީހަށް ފޮނުވައިފައެވެ. އެ ލިސްޓު މިއަދު މަޖިލީހުން ވަނީ އާންމުކޮށްފައެވެ. އާންމު ކުރި ލިސްޓުގައި އަދުރޭގެ ނަންވެސް ހިމެނެއެވެ.
އެކަމާ ގުޅިގެން އަދުރޭ ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓްގައި އޭނާގެ ނަން ހިމަނާފައިވަނީ އަބުރު ކަތިލުމުގެ ބޭނުމުގައި ކަމަށާއި އެ ޚިޔާނާތުގެ ލޯ ލާރިއެއްގައި ވެސް ޖެހިފައެއް ނުވާނެ ކަމަށެވެ.
”މަތިމައްޗަށް ލިސްޓްތަކުގައި ނަން ޖެހިޔަސް ފަހަތަށް ޖެހުމެއްނެތް. މިހުރީ ވަރަށް ސާބިތުކަމާއެކު ތުހުމަތަށް ޖަވާބުދާރީވުމަށް ތައްޔާރަށް“ އަދުރޭ ވިދާޅުވިއެވެ.
މަޖިލީހުން އިއްޔެ އާންމުކުރި ލިސްޓުގައިވާ ގޮތުން ކުރީ ސަރުކާރުގެ ބައެއް މިނިސްޓްރުންނާއި އޭރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކަށާއި މަޖިލީހުގެ އޭރުގެ އަދި މިހާރުގެ ވެސް ބައެއް މެމްބަރުންނަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.

