ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން އިތުރު ދެ ދިވެހިން މަރުވެއްޖެ

ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަ މީހާއަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގަައި. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދެ ދިވެހިން މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ ދަންވަރު 2؛24 ހާއިރު ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ދިޔަ 86 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.

މީގެ އިތުރުން 64 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު 6:30 ހާއިރު ނިޔާވެފައިވާ ކަމަށެވެ. މި ދެމީހުންނާއި އެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު މިވަނީ 89 އަށް އިތުރުވެފައެެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 1216 މީހުން ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވާ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 13،784 ކޭސް އެވެ. މި ބަލިން 27،428 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 259 މީހަކަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: