ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން މިއަދު ތިން ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން މަރުވި މީހަކު ވަޅުލަނީ—
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ޖެހިގެން މިއަދު ތިން ވަނަ މީހަކު މަރުވެއްޖެއެވެ.

މި ބަލީގައި މިއަދު ރާއްޖެއިން މަރުވި ތިން ވަނަ މީހަކީ 86 އަހަރުފެ ދިވެހި އަންހެނެކެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔުގައި ފަރުވާދެމުން ގެންދަނިކޮށް މި މީހާ ނިޔާވީ މިއަދު ހެނދުނު 09:05 ގައިކަމަށް އެޗްޕީއޭއިން ބުނެއެވެ.

ތިން މީހުންގެ ތެރެއިން ފުރަތަމަ މަރުވީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މި މީހާ މަރުވެފައި ވަނީ ރޭ ދަންވަރު 02:24 ގައެވެ.

ދެން މިބަލީގައި މިއަދު މަރުވީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ. މިމިހާ މަރުވެފައި ވަނީ މިއަދު ހެނދުނު 06:30 ގައެވެ.

މިހާރު ރާއްޖެ އިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 90 އަށް އަރާފައެވެ.

މެއި މަހަކީ ރާއްޖެ އިން ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި މަހެވެ. ހަމައެކަނި މެއި މަހު ވެސް ކޮވިޑް ޖެހިގެން ރާއްޖެ އިން 23 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: