ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ނ. މިލަދުއަށްވެސް ގެއްލުންތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި ނ. މިލަދުއަށް ވެސް ގެއްލުންތަކެއް ވެެއްޖެއެވެ.

“ސަންގު” އާ ވާހަކަދައްކަވަމުން ނ. މިލަދޫ ކައުންސިލްގެ ރައީސް އިލްޔާސް އަބްދުއްސަމަދު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގާ ގެއްލުން ލިބިފައިވަނީ ރުށްގަހަށް ކަމަށެވެ. އެގޮތުން ވިއްސާރަ އާއިއެކު ޖެހުނު ގަދަ ވައިގެ ސަބަބުން ބަނދަރު ސަރަހައްދުގައި ހުރި ރުކެއް ވެއްޓިފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި ދެ ގެއެެއްގައި ހުރި ބޮޑުދެ ބަނބުކެޔޮ ގަހެެއްގެ އިތުރުން މޫނިމާ ގަހެއްވެސް ވެއްޓިފާވައިކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރަށަށް ކުރަމުންދާ ވިއްސާރައިގާ އަދި ގެޔަކަށް ނުވަތަ މީހަކަށް އަދި ގެއްލުމެއް ލިބިގެން ރިޕޯޓް ކޮށްފައެެއްނުވެއެވެ. ނަމަވެސް މަގު ބައްތިއެއްވެސް ވިއްސާރައާ ގުޅިގެން ވެއްޓިފާވާކަމަށް ވަނީ މައުލޫމާތު ދެއްވާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ އެކި ރަށްރަށަށް ދަނީ ގެއްލުން ލިބެމުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ ކުރިޔަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައެވެ. އަދި ކޮޅިގަނޑުގައި 55 މޭލު ބާރުމިނުގައި ވައި ޖެހޭނެކަމަށް ވަނީ ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވަނީ އިލްތިމާސް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: