ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގައި އިތުރު މަރެއް، އަދަދު 93 އަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ފަރުވާ ދެމުން ދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 87 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ ރާއްޖެއިން ކޮވިޑުގައި މަރުވި 93 ވަނަ މީހާއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ވަނީ އިތުރު 5 މީހުން ކޮވިޑުގައި މަރުވެފައެވެ.

ކޮވިޑުގައި ހުކުރު ދުވަހު ފުރަތަމަ މަރުވެފައި ވަނީ ދަންވަރު 02:24 ހާއިރު ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ދިޔަ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭގެ ފަހުން ހެނދުނު 6:30 ހާއިރު ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 64 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި ތިންވަނަ މީހާ މަރުވެފައި ވަނީ ހެނދުނު 9:05 ހާއިރުއެވެ. އެއީ 86 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ހަތަރު ވަނައަށް މަރުވެފައި ވަނީ މެންދުރު 12:48 ހާއިރު 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ.

މިއީ މިމަހުގެ ތެރޭގައި ރާއްޖެއިން ޖެހިގެން މަރުވި 20 ވަނަ މީހާއެވެ. އަދި މިއަހަރު މިބަލީގައި މަރުވި 42 ވަނަ މީހާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: