ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ވެސް ޖަމާޢަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި

އައްޑޫ ސިޓީގެ މިސްކިތެއް—
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ހުރިހާ މިސްކިތެއްގައި ޖަމާޢަތުގައި ނަމާދު ކުރުން މެދު ކަނޑާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގާފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އައްޑޫގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލާފައިވަނީ މިއަދުގެ ފަތިސް ނަމާދުން ފެށިގެންނެވެ.

އައްޑޫ ސިޓީން އިތުރު 15 މީހަކު ކޮވިޑް-19 އަށް އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ. އައްޑޫ ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާއި ހަމައަށް ހުޅުދޫން 11 ކޭސް، މީދޫން ދެ ކޭސް، ހިތަދޫން އެއް ކޭސް އަދި ފޭދޫން އެއް ކޭސް ފެނިފައިވާ ކަމަށެވެ.

އެއާއެކު ހިތަދޫގައި ކޯވިޑްގެ އެކްޓިވް 27 ކޭސް، ފޭދޫގައި ހަ ކޭސް، ހުޅުދޫގައި 52 ކޭސް އަދި މީދޫގައި 11 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު 98 އަށް ވަނީ އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: