ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރިޔާ އިސްތިއުފާ ކެމްޕެއިން! ޖަޑިބަކަށް ރައީސް ނަޝީދުގެ ދަރިކަނބަލުން!

ރައީސް ނަޝީދު، މާރިޔާ އަދި މީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ އެއް ބޭފުޅަކީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ.

މާރިޔާއަށް އަމާޒުކޮށް އެކި ޕްލެޓްފޯމްތަކުގައި ސުވާލުކޮށް، އަދި އިސްތިއުފާއަށް ގޮވަމުންދާ ސިޔާސީ ބޭފުޅުން ވަރަށް ގިނައެވެ. އަދި ޓްވިޓަރގައި މާރިޔާގެ އިސްތިއުފާ ކެމްޕެއިނެއްވެސް ވަނީ ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ނެރުއްވި ނޫސް ބަޔާނެއްގައިވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލުަށް ބަޔަކު ރާވަމުން ދާކަމުގެ މައުލޫމާތު އާންމު މީހެއްގެ ފަރާތުން ލިބުމުން އެކަން ރައީސް ނަޝީދަށް އަންގައި، ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން ޑިފެންސް މިނިސްޓަރު މާރިޔާއަށް އަރުއްވާފައިވާނެކަމަށެވެ.

އެހެންކަމުން މިއީ ކުރިން ނޭނގި ކުއްލިއަކަށް އައި ހަމަލައެއްތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އަދި ހަމަލާ ދިންރޭ ރައީސް ނަޝީދުގެ ސެކިއުރިޓީގެ ތެރެއިން އާންމުން ދާތަން ފެންނައިރު، އެއީ މިނިސްޓަރ މާރިޔާ އެ ވިދާޅުވާ އެންމެ “ހައި ސެކިއުރިޓީ”ތޯ؟ ބުނެ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މިނިސްޓަރ މާރިޔާގެ އިސްތިއުފާ ޓްވިޓަރ ތެރޭގައި “ޓްރެންޑް” ވަމުން ދާއިރު، މާރިޔާއާއި ދެކޮޅަށް އެންމެ ގަދަޔަށް އަޑު އުފުލަމުންދަނީ ރައީސް ނަޝީދުގެ ދޮށީ ދަރިކަނބަލުން މީރާ ނަޝީދުއެވެ.

މީރާގެ ގިނަ ޓްވީޓްތަކެއް މާރިޔާއަށް އަމާޒުކޮށްފައިވާއިރު، ފެންނަނީ ތުއްތު އިރުއްސުރެ މާރިޔާ ދެކެ މީރާ އަންނަ ރުޅިއެވެ. އެގޮތުން ރައީސް ނަޝީދުގެ އާއިލީ ބޭފުޅެއްކަމުގައިވާ، އުމޭ މުޙައްމަދު ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރަމުން މީރާ ބުނެފައިވަނީ 2001 ވަނަ އަހަރު އޭނާގެ ބައްޕަ ނުކުރާ ކުށެއްގައި އޭރު މާރިޔާ ދީދީ ބައްޕައާއި ދެކޮޅަށް ދައުވާކޮށް ޖަަލަށް ލުމުގެ ސަބަބުން، އޭނާގެ މަންމަ، ޒާޔާ ކޮއްކޮ ވިހޭއިރު ބައްޕައަށް މަންމަ ކައިރީ ހުންނަން ލިބުނީ އެންމެ ގަޑިއިރެއްކަމަށެވެ.

ބައްޕައަށް މިހެން ހެދި މާރިޔާ އެމްޑީޕީއަށް ވައްދާ ، އަދި ސިޔާސީ ގާތްގުޅުމެއް އުފެއްދީ ކީއްވެކަން ނުވިސްނޭކަމަށްވެސް މީރާގެ ޓްވިޓަރ ގައިވަނީ ބުނެފައެވެ.

މީރާގެ މިޓްވީޓަށް ރިޕްލައި ކުރަމުން ރައީސް ނަޝީދުގެ ދަރިކަބަލުން ޒާޔާ ނަޝީދުވަނީ މަންމައާއި ބައްޕައަށް މާރިޔާ ހެދި ގޮތް ހަނދާން އެބަހުރި ކަމަށާއި، މާފު ނުކުރާނެކަމަށް ބުނެފައެވެ. މި ޓްވީޓްގައި މީރާ އިތުރަށް ބުނެފައިވަނީ، ދުވަހަކުވެސް މާރިޔާއަށް އިތުބާރު ނުކުރާކަމަށާއި، އަދި ނުވެސް ކުރާނެ ކަމަށެވެ. އަދި މާރިޔާ ދެކެ އަބަދުވެސް ރުޅި އަންނަ ކަމަށާއި، މާރިޔާ އެކުގައި މަސައްކަތް ކުރާތީ ބައްޕަ ދެކެވެސް ރުޅި އަންނަ ކަމަށެވެ.

ރައީސް ނަޝީދާއި މާރިޔާ އަކީ ސިޔާސީ ގޮތުން ވަރަށް ގާތްކޮށް މަސައްކަތްކުރެއްވި ދެ ބޭފުޅުންނެވެ. އެގޮތުން މާރިޔާއަކީ އެމްޑީޕީގެ މަންމަގެ ގޮތުގައި ރައީސް ނަޝީދު ވަނީ މީގެ ކުރިން ސިފަކުރައްވާފައެވެ. ނަމަވެސް ފަހުން ފަހުން ދެ ބޭފުޅުންގެ ގުޅުން އެހާ ރަނގަޅުކަމަކަށް ނުފެނެއެވެ.

ވަރަށް ގަދަ
45%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މައި ލޭޑީ މީރާ! ލޭޑީގެ ހިދުމަތުގަ ނުސީދާކޮށް ނަމަވެސް އެންމެ އެކުގަ އެބަ ހުރިން..
    އަންނައުނު ހިޔާރު ކޮއްލައްވާ! އިންޕޮސިބަލް، ޕޮސިބަލް ކޮއްލަދޭނަން �

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: