ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްދޫ އާއި ފީއަލީގައި ކާފިއު ހިންގަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ދިއްދޫ އާއި ފ. ފީއަލީގައި ކާފިއު އިއުލާނު ކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް ނެރުނު އެންގުމުގައި ވަނީ، މާދަމާ އިން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށް ފ. ފީއަދި އަދި ހއ. ދިއްދޫގައި ކޮވިޑް 19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ދެ ރަށުގައި ތަފާތު 10 ފިޔަވަޅެއް އެޅުމަށް އެޗްޕީއޭއިން ނިންމާފައިވެއެވެ. އެއީ؛

  • ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާ، މަގުމައްޗާ އާންމު ތަންތަނަށް މީހުން ނުކުތުން މަނާ ކުރުން
  • ޕާޓީތަކާ، ހަފްލާތަކާ ރަސްމިއްޔާތުތައް ވޭއްވުން ހުއްޓާލުން
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން
  • އެއްފަހަރާ ތިން މީހުނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގާއި އެއްވެ އުޅުން ހުއްޓާލުން
  • ސެލޫންތަކާ، ޖިމްތަކާ ބޯކޮށާ ތަންތަން ބަންދު ކުރުން
  • ހުރިހާ ކުޅިވަރު ހަރަކާތްތައް އަދި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުން
  • ޓެކްސީ ހިދުމަތްދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމު ކޮށްފައިވާ ގަވައިދުތަކާއި އެއްގޮތުގެ މަތިން ޓެކްސީ ހިދުމަތް ދިނުން
  • ފިހާރަތަކުން ހިދުމަތްދޭއިރު އެޗްޕީއޭއިން އާންމު ކޮށްފައިވާ ގަވައިދުތަކާއި އެއްގޮތުގެ މަތިން ހިދުމަތް ދިނުން
  • ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން، އަދި
  • ހޮޓާ، ކެފޭ، ރެސްޓޯރަންޓު އަދި އެހެނިހެންވެސް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުން ހުއްޓާލުމެވެ. ނަމަވެސް މީގެ ތެރޭ ޓޭކްއަވޭ އަދި ޑެލިވަރީ ހިދުމަތް ނުހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ދެރަށުގައި މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް އެޗްޕީއޭއިން ކަމާބެހޭ އިދާރާތްތަކަށް އަންގާފައިވެއެވެ. އަދި މި ރަށުގެ ރައްޔިތުން މި އެންގުމާއި އެއްގޮތަށް އަމަލު ކުރުމަށް އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: