ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިގައުމު ސަލާމަތް ކުރުމަށް ރައީސް ނަޝީދު އިންތިހާއަށް ބޭނުންވޭ: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ސަލާމަތް ކުރުމަށް މިގައުމު ރައީސް ނަޝީދަށް އިންތިހާއަށް ބެނުންވާ ކަމަށް މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މި މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކުގެ ފޮޓޯތައް އާންމު ކުރުމާ ގުޅިގެން އިންތި ވިދާޅުވީ ލީޑަރުންނަށް ދައްކަން ނުކެރިފައި ހުންނަ ވާހަކަތައް ދައްކަން ކެރޭ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށެވެ.

”މި ޤައުމު ސަލާމަތް ކުރުމަށް އެމަނިކުފާނުގެ ބޭނުންތެރިކަން އިންތިހާއަށް.” އިންތި ވިދާޅުވިއެވެ.

ހަމަލާއާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ނަޝީދު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނުވިލާތަށް ފުރާވަޑައިގެންފައެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާ އާއި ގުޅިގެން އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނުތާ 10 މިނިޓު ތެރޭގައި ވަނީ ސީރިއަސް އޮޕަރޭޝަންތަކެއްކޮށް ފުރާނަ ސަލާމަތްކޮށްފައެވެ. އޮޕަރޭޝަންތަކަށް ފަހު މިހާރު އެމަނިކުފާނާއި އާއިލާ ބޭފުޅުންނާއި ބައްދަލު ކުރެވޭއިރު ހާލު ވަރަށް އަވަސް ސްޕީޑެއްގައި ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނަޝީދު އަކީ މި ގައުމައް ކުރި މަތިވެފައި ވާ ބަލާ މުސީބާތެއް. ނަޝީދު އަކީ ޚާއިނެއް ގައުމައްގައްދާރު ވާ ޙަަދަރު ެރި އެއް. މި ގައުމު އިންޑިއާ އަށް ވިއްކާލިމީހެއް މި ގައުމު ސަލާމަތް ކުރަން ޖެހޭނީ ނަޝީދު ހިފާހައްޔަރު ކޮއްފައި އުމުރު ދުވަހައް ކުޑަގޮޅިގައި ބާއްވައިގެން.. ޝައ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: