ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ކައުންސިލަރުން ހުވާކުރުން ސަލްޓަން ޕާކުގައި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލަށް އިންތިޚާބު ވެފައިވާ މޭޔަރާއި، ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މާދަމާ ސަލްޓަންޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހޮވާފައިވާ އިންތިހާބީ މޭޔަރާއި އިންތިހާބީ ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަތަރުވަނަ ދައުރަށް ހޮވާފައިވާ މެމްބަރުން އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިމަހުގެ 17 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ސަލްޓަން ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މި ދުވަސްވަރަކީ ވަރަށް ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރަމުންދާ ދުވަސްވަރަކަށް ވާތީ، މި ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވާ ސަލްޓަން ޕާކު އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާލެވާލައިގެން ނޫންކަމަށެވެ. ނަމަވެސް މި ރަސްމިއްޔާތު ޓީ.ވީ.އެމް އާއި މާލެ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖް އިން ވަގުތުން ލައިވް ކުރާ ގޮތަށް ހަމަޖެހިފައި ވާކަމަށް ކައުންސިލުން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: