ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންފަތް ކައިރިން ޒަޚަމްވެ ރައީސް ނަޝީދުގެ ބޯވެސް ވަނީ ބާލާފަ!

ރައީސް ނަޝީދަށް ވަނީ ހަމަލާގައި ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެންފަ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރަގަހުން ނަގާފައިވާ ފޮޓޯއެއް ޓްވީޓްކުރައްވައިފިއެވެ.

ޖަރުމަންވިލާތުގެ ބާލިންގައި މިވަގުތު ރައީސް ނަޝީދު ހުންނެވީ، އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށެވެ.

ރައީސް ނަޝީދުގެ ފަހަތުން ނަގާފައިވާ ފޮޓޯއިން ފެންނަ ގޮތުން އެމަނިކުފާނުގެ ކަންފަތްކައިފން ހުރީ ޒަޚަމްވެފައެވެ. އަދި ބޯވެސް ވަނީ ބާލާފައެވެ. އެލެކްސް އަހްމަދުގެ އައިޑީން ކުރައްވާފައިވާ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ “ބާލިންގ އިން ހިތްގައިމު ހެނދުނެއް” މިހެންނެވެ.

ރައީސް ނަޝީދަށް ލިބުނު ޒަޚަމްތަކުގެ ފޮޓޯ އިއްޔެގެ ވަގުތެއްގައި އެމަނިކުފާނުގެ ބޭބޭފުޅު ޑރ.އިބްރާހިމް ނާޝިދު ވަނީ ޓްވީޓް ކުރައްވާފައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ އެ ފޮޓޯތައް އާންމުކޮށްފައެވެ. މޫނު ނާރާގޮތަށް ހުރި އެ ފޮޓޯގައި ފެންނަގޮތުން ރައީސް ނަޝީދަށް ވަނީ ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެގޮތުން، ހަށިގަނޑުގެ އެތައް ތަނެއްގައި ބޭސް އަޅާފައިވާއިރު، ބަނޑުގެ ދިގަށް ވާގޮތަށް ވަނީ ފަހާފައެވެ. ނަމަވެސް މޫނު ނާރުވާ ހުރުމުން ބައެއް ފަރާތްތަކުން އެއީ ރައީސް ނަޝީދު ނޫންކަމަށްވެސް ވަނީ ތުހުމަތުކުރައްވާފައެވެ.

ރައީސް ނަޝީދަށް ހަމަލާދީފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން މަޖީދީ މަގަށް ނުކުމެ ހުއްޓިލެއްވި ގަޑީގައެވެ. ބޮން ގޮއްވާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ތިން ފަރާތެއް ހައްޔަރުކޮށްފައެވެ. އެއީ ބޮންގޮއްވާލި އިރު އަތަމާ ޕެލަސް ތެރޭގައި ހުރި  ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމްގެ އިތުރުން  މއ. ފޭރުގޭ މުޖާޒު އަހުމަދު އާއި ގއ. ކޮނޑޭ، ފޮޅޭމާގޭ ތަހުމީން އަހުމަދުއެވެ.

 

ވަރަށް ގަދަ
11%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 44%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: