ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގައި އިތުރު މަރެއް، އަދަދު 100 އަށް އަރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11ގައި ފަރުވާދެމުން ދިޔަ 56 އަހަރުގެ އަންހެނަކު މިއަދު ފަތިހު 4:41 ގައި މަރުވެފައިވާ ކަމަށެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 100 ވަނަ މީހާއެވެ.

މިއީ ފާއިތުވެދިޔަ ހަތަރު ދުވަސްތެރޭ ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި 14 ވަނަ މީހާއެވެ.

އިއްޔެވެސް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ހަތަރު މީހަކު ވަނީ މަރުވެފައެވެ. މެއި މަހަކީ ކޮވިޑް-19 ފެތުރެން ފެށިފަހުންވެސް ރާއްޖެއިން މިބަލީގައި އެންމެ ގިނަ ބަޔަކު މަރުވި މެހެވެ. އެގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއިން 26 މީހަކު ކޮވިޑް-19 ގައި ވަނީ މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: