ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޑީއެފްގެ ބޮޑު ސްކްރީނުގައި ފަލަސްތީނުގެ ދިދަ ޑިސްޕްލޭ ކޮށްދިނުމަށް މުއިއްޒު އެދިވަޑައިގެންފި

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިން ތިބީ ފަލަސްތީނާއެކުކަން ދައްކުވައި ދިނުމަށް، އެމްއެންޑީއެފްގެ ބޮޑު ސްކްރީނުގައި ފަލަސްތީނުގެ ދިދަ ޑިސްޕްލޭ ކޮށްދިނުމަށް މާލެސިޓީގެ އިންތިހާބީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

މުޢިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނު ރައްޔިތުންނާއެކު ދިވެހިން ތިބިކަން ދައްކުވައި ދިނުމުގެ ގޮތުން އެމްއެންޑީއެފްގެ އިމާރާތުގައި މާލޭގެ މަލަމައްޗަށް ވާގޮތަށް ހުންނަ ބޮޑު ސްކްރީނުގައި ފަލަސްތީނުގެ ދިދަ ޑިސްޕްލޭ ކޮށްލެވިދާނެ ބާއޭ ހިތަށް އަރާ ކަމަށެވެ.

އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ގައްޒާ އިން 192 މީހުން ވަނީ ޝަހީދުވެފައެވެ.

ގައްޒާގެ ހެލްތު މިނިސްޓްރީން ބުނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި 192 މީހުންގެ ތެރޭގައި 58 ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި 1235 މީހުން ޒަހަމް ވެފައިވާއިރު 17،000 އަށް ވުރެ ގިނަ މީހުން މަގުމަތިވެ، 500 އަށް ވުރެ ގިނަ ގެއެއް ވަނީ ބިމާ ހަމަކޮށްލާފައެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: