ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީގެ އާ މޭޔަރާއި ކައުންސިލަރުން ހުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އިންތިހާބު ވެފައި ވާ މޭޔަރާއި ކައުންސިލަރުން ހުވާ ކޮށްފިއެވެ.

ކައުންސިލަރުންނާއި މޭޔަރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މާލެސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ހުވާ ކުރައްވާފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ޕީޕީއެމްގެ މޭޔަރު މާލޭސިޓީގެ މޭޔަރުކަން ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ.

ޕީޕީއެމުން މާލެސިޓީ ކައުންސިލްގެ 11 ގޮނޑިއެއް ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ ފަސް ގޮނޑިއެވެ. އަދި ޖުމްހުރީ ޕާޓީން ގޮނޑިއެއް ކާމިޔާބު ކޮށްފައިވެއެވެ.

މާލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބުވެޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް، ބޮޑު ތަފާތަކުންނެވެ. އޭނާއަށް 12470 މީހުން ވޯޓުލި އިރު އަނަސްއަށް ވޯޓުލީ 7436 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: