ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިޑްލައިންތަކާ ހިލާފުވި 300އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި

ކާފިއު ގަޑިތަކުގައި، ފުލުހުންނާއި ސިފައިން ވެސް ދަނީ މަގުތަކުގައި ހަރަކާތްތެރިވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވިކަމާއެކު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާތީ ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވި 300 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި އެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ކާފިއުގެ ވަގުތުގައި ބޭރަށް ނުކުތުމުގެ ސަބަބުން ބުދަ ދުވަހު އެކަނި 187 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކާފިއު ވަގުތާއި ހިލާފުވުމުގެ އިތުރުން މާސްކް ނާޅާ ބޭރުގައި އުޅުނު 187 މީހަކުވެސް ޖޫރިމަނާ ކޮށްފައިވެ އެވެ. ބޭރުގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރުކަމެކެވެ. އެ ފިޔަވަޅު އަޅާފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށެވެ.

މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފަތިހު 4:00 އަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ފިހާރަތަކާއި، ކެފޭތަކާއި ޖިމްތައް އަމަލު ކުރަމުން ދޭތޯ ބެލުމަށް ކުރެވުނު މާސް އިންސްޕެކްޝަންގެ ތެރެއިން އެޗްޕީއޭގެ ގަވާއިދުތަކާއި ހިލާފަށް ހިދުމަތް ފޯރުކޯށްދެމުން އައި ހަތަރު ތަނަކާއިމެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކޮށްފައިވާކަމަށް ރޭގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ކާފިއު ވަގުތުގައި ޒަރޫރީ ބޭނުމެއްގައި ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ހުއްދަދޫކުރުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ ޕޯޓަލުންނެވެ. ނަމަވެސް ކާފިއު ގަޑީގައި ބޭރުގައި އުޅުމަށް ހާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަކާއި ސިއްހީ ދާއިރާއާއި ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ކާފިއު ގަޑީގައި ބޭރުގައި އުޅެވޭނެއެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައި ކޮންޓްރޯލެއްނެތި ކޮވިޑް-19 ފެތުރެމުންދާތީ އެޗްޕީއޭއިން މިވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: