ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިމަހު ކޮވިޑްގައި މަރުވި 64 ޕަސެންޓު މީހުން ވެކްސިން ނުޖަހާ!

އައިޖީއެމްއެޗްގެ މެޑިކަލް ފެސިލިޓީ/ ފޮޓޯ: އެޗްއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މީހުންގެ ތެރެއިން 64 ޕަސެންޓު މީހުން ކޮވިޑް-19ގެ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މި މަހު 39 މީހަކު މަރުވެފައިވާ ކަމަށާއި އެގޮތުން މަރުވި މީހުންގެ ތެރެއިން 64 ޕަސެންޓް މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ކަމަށެވެ.

އަދި މަރުވި މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވަނީ 20 ޕަސެންޓް މީހުން ކަމަށާއި އަދި މަރުވި މީހުންގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 12 ޕަސެންޓް މީހުން ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ބަލަނީ ފުރަތަމަ ޑޯޒް ޖަހާތާ 14 ދުވަސް ވެފައިވުމުން ކަމަަށެވެ.

މަރުވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. 17 ޕަސެންޓް މީހުންނަކީ 60 އަހަރުން ދަށުގެ މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: