ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރުން ޖޫން 12ގައި

އެލްޖީއޭގެ ބޯޑު ބައްދަލުވުމެއް—
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގައިވާ ގޮތުން އެލްޖީއޭގެ ބޯޑަށް އިންތިހާބު ކުރަންޖެހޭނީ ސިޓީ ކައުންސިލްގެ މެމްބަރަކާއި އަތޮޅު ކައުންސިލްގެ ރައީސަކާއި ރަށު ކައުންސިލްގެ މެމްބަރެކެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރާ ތާރީހު އިއުލާންކޮށްފައިވާ އިރު، އާ ކައުންސިލަރުން ހުވާކުރެއްވުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައްވައިފައެވެ.
އެލްޖީއޭގެ ބޯޑުގެ ރައީސްކަމަށް އައްޔަންކުރައްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. ޗީފް އެގްޒެކެޓިވް އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ފާތުމަތު އަފްޝަން ލަތީފެވެ. މާލީ ކަންކަމާ ގުޅޭ ވުޒާރާ ރިޕްރެޒެންޓްކުރާ ފަރާތެއްގެ ގޮތުން ކަނޑައަޅުއްވާފައި ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފެވެ. އޭގެ އިތުރުން އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެނީ، އެލްޖީއޭގެ ނައިބު ރައީސް މުހައްމަދު މާހިރު އީސަ އާއި އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: