ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލު އެތާ ބެހެއްޓި ތާރީހާއި ގަޑި އެނގޭ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލު އެތާ ބެހެއްޓި ތާރީހާއި ގަޑި އެނގޭ ކަމަަށް ފުލުހުން ބުނެފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް އެ ގޮއްވާލައިގެންނެވެ.

މި މައްސަލާގެ ތަހުގީގާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ، ބޮން ގޮއްވާލި ސައިކަލާ ގުޅޭ މައުލޫމާތު މިހާރު ވެސް ބަލަމުންދާ ކަމަށާއި ސައިކަލު ބެހެއްޓީ ކޮންއިރަކު ކަން މިހާރު އެނގޭ ކަމަށެވެ.

މިވަގުތު މިކަމުގައި ޝާމިލުވާ މީހުންނާއި ހެކިތަކުގެ ވަކިވަކި މަޢުލޫމާތު ހާމަކުރުމަކީ ތަޙްޤީޤަށް ހުރަސް އެޅިދާނެކަމެއް. އެހެންނަމަވެސް މިކަމުގައި އަޅުގަނޑުމެންނަށް ދެވެން އޮތް މަޢުލޫމާތެއްވިއްޔާ އަޅުގަނޑުމެން ދެމުންދާނަން” ބަޝީރު ވިދާޅުވިއެވެ.

މި މައްސަލައިގައި ތުޙުމަތުކުރެވޭ ފަރާތްތަކާއި، މިކަމަށް ފަންޑުކޮށް، ޢަމަލީގޮތުން ބައިވެރިވެ، އަދި އެހީތެރިވި ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
56%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 0%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސިފަިން ތިޔަކުރާ ބުރަ މަސެކަތުގެ ނަތީޖާ ބަލަން މިތިބީ ދިވެހިރައިޔަތުން ކުރާ ބުރަ މަސެކަތުގާ ބަރަކާތް ލައްވާށި
    ޢާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: