ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ ޝާހިދު ފަލަސްތީނުގެ ޚާރިޖީ ވަޒީރާ ބައްދަލް ކުރައްވައިފި

ފޮޓޯ- މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފަލަސްތީނުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއެޓްސް ރިޔާދް މާލިކީއާ ބައްދަލުކުރައްވައިފި އެވެ.

ފަލަސްތީނާ މެދުއިރުމަތީގެ މައްސަލައިގައި ރޭ ނިއުޔޯކުގައި އޮތް ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި އދ. ގެ އާއްމު މަޖިލީހުގެ ބަހުސްގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި އޮތް އެކުވެރި ޒަމާންވީ އަދި އަޚުވަންތަ ގުޅުމުގެ މައްޗަށް ދެ ގައުމުގެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރު ޝާހިދު ވަނީ ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލާގައި ދިވެހި ސަރުކާރުން ދެކޭ ގޮތް ބަދަލުނުވާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް އަބަދުވެސް ހުއްޓާ ނުލާ ސާބިތުކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުވުމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް ހައްގުތައް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް ތާއީދުކުރާނެކަން ތަކުރާރުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަން މިނިސްޓަރު ޝާހިދު ވަނީ ޔަގީންކޮށްދެއްވާފައެވެ.

އަދި މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކާއެކު އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ކުރިޔަށް ވުރެ ބޮޑަށް ބޭނުންވާނެ ކަމުގައި ރޭ އަދ. ގައި ބޭއްވި ބައްދަލް ވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދް އަލް މާލިކީމި ބައްދަލް ވުމުގައި ދެއްކެވި ވާހަކަފުޅުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދެންނެވި ހެޔޮ ބަސްތަކަށް ޝުކުރު އަދާކުރައްވައި މި ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަންނަ ކަމަށް ވިދާޅުވިއެވެ.

ފަލަސްތީނުގެ ހާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ވަނީ ރޭ ބޭއްވި އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ވެސް ވަކިވަކިން ބައްދަލުކުރައްވާފަ އެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލާގައި އދގެ އާއްމު މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގެ ފަހުން ހަމަލާ ބަދަލުކުރުން ހުއްޓާލާނެކަމަށް އިސްރާއީލުން ހާމަކުރުމާ ގުޅިގެން އެކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވަނީ މަރުހަބާ ވެސް ވިދާޅުވެފަ އެވެ. މި ބައްދަލުވުމުގައި އިސްރާއީލުން އިރުމަތީ ގުދުސްއާއި ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދިޔަ އުދުވާންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: